Saturday, October 31
ޒުވާން ޚަޠީބުން ޕްރޮގުރާމުގެ 3 ވަނަ ބެޗުގެ ތަމްރީން ފަށައިފި

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަށް ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތު ހަމަވާ އަދި އިމްތިހާނުން ފާސްވި 257 ބައިވެރިން ކަމަށެވެ.

މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ މި ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފައިވާއިރު، އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

’ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު