Saturday, October 31
ކުރިމިނަލް ކޯޓަށް ޖާގަ އިތުރުކުރުމަށް ހަދާ އިމާރާތް އަންނަ މަހު ހުޅުވަނީ
ކްރިމިނަލް ކޯޓަށް ޖާގަ އިތުރުކުރުމަށް ހަދާ އައު އިމާރާތް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެތަނުގެ މަސައްކަތް ކުރިއަށް ދާގޮތް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަހު މުސްތަފާ ބައްލަވާލެއްވިކަމަށެވެ. އަދި އެތަނަކީ ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހަދަމުންދާ އިމާރާތެއް ކަމަށެވެ. އެ އިމާރާތް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ.އެތަނުގައި ކުރިންވަނީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ހިންގާފައެވެ. ކުރިމިނަލް ކޯޓް ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން އެ އިމާރާތުގެ އިންސްޕެކްޝަނެއް ވަނީ ހަދާފައެވެ. އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ހާމަކޮށްފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު