އާދިއްތަ, November 8
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ފަށައިފި
އެމްޑީޕީ ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ވިހި ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ވަނީ ދަނޑިކޮށީ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. ޕާޓީގެ ޖަގަހަތަކުގައި ދިދަ ނެގުމުގެ ހަރަކާތާއި ކޭކު ފެޅުމުގެ ހަރަކާތް ވެސް މިއަދު ކުރިއަށްދިޔައެވެ. އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މިއަދަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީއެވެ. މިއަދަކީ ޕާޓީގެ 20 ވަނަ އަހަރީދުވަހެވެ. މުޅި އަހަރަށް ބަހާލައިގެން ހިންގާ ހަރަކާތުގެ ތެރެއިން ކޮންމެ ސިޓީއެއްގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އޭގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގަ އެވެ. އަދި، "ރަން ރީނދޫ" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ދަންމަރަކާ އެކު ފަށާ މި ދުވުން ނިންމާނީ އަންނަ އަހަރުގެ މެއި މަހު އެވެ. އޭގެއިތުރުން އާޓް އެގްޒަބިޝަނަކާއި މިއުޒިކް ޝޯއެއް އަދި އެމްޑީޕީން ރާއްޖެއަށް ގެނައި ބަދަލުތައް ފެންނަ ފަދަ އިވެންޓެއް ވެސް ބާއްވަން ނިންމާފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު