Thursday, November 5
ކެންޔާގައި ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

ކެންޔާގެ ވެރިރަށް ނައިރޯބީ އަދި އެހެން ސިޓީ ތަކުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. މި މުޒާހަރާއަކީ މިދިޔަ އަހަރު އެގައުމުގައި ޓެކްސްއާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މުޒާހަރާއެކެވެ.

މުޒާހަރާތައް ހަލަބޮލިވެ ބުދަ ދުވަހު ވަނީ ކެންޔާ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ.

ފުލުހުން ބާރުގެ ބޭނުންކުރުމުން މުޒާހަރާގެ ބައިވެރިން އިތުރަށް ގިނަވެ ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތައް ފެށިފައެވެ. ބުދަ ދުވަހު ހިނގި ވަރުގަދަ ހަމަނުޖެހުންތަކުގައި އެކަނި 10 މީހުން މަރުވެ ގިނަބަޔަކަށް ވަނީ އަނިޔާވެފައެވެ.

ކެންޔާ ސަރުކާރުގެ ކޮރަޕްޝަނާއި ސަލާމަތީބާރުތަކުގެ އަނިޔާވެރިކަން ބޮޑުވެފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާއި ކުރިމަތިލާން ފަށާފައެވެ. އަދި ކެންޔާހެ ސަރުކާރު ބަދަލުކުރުމަށް ދަނީ ގޮވާލަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު