އާދިއްތަ, November 8
އޭދަފުށިން 183 ގޯތި ދޫކޮށްފި

ބ. އޭދަފުށިން  183 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި، ގޯތީގެ ލިޔުން ހަވާލުކޮށްފި އެވެ.

މިއީ އޭދަފުށިން ގޯތި ދޫނުކުރާތާ 36 އަހަރަށް ފަހު ދޫކުރާ ގޯތިތަކެވެ.

އޭދަފުށީ ހިއްކި ބިމުގެ އިރުމަތީ ސަރަހައްދުން ދޫކުރި 183 ގޯއްޗަށް އެދި 525 މީހުން ކުރިމަތިލިއެވެ. ގޯއްޗަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ ލިސްޓްގައިވާ ތަރުތީބުންނެވެ. އެ މީހުންނާ ވަނީ ގޯތި ލިބުނު ކަމުގެ ލިޔުން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އާބާދީގައި 3500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އޭދަފުށީން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު