އާދިއްތަ, November 8
ހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ

ހުކުރު ދުވަސްތަކުގެ ހެނދުނުގެ ވަކި ވަގުތެއްގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް މޭޔަރ އާދަމް އަޒިމް ވަނީ ހުކުރު ދުވަހު ހެނދުނު ގެ ވަކި ވަގުތެއްގައި މާލޭގެ ބައެއް މަގުގައި ވެހިކަލް ނުދުއްވޭގޮތަށް ހަމަޖެއްސުމަށެވެ. އެގޮތުން ހުކުރު ދުވަހު ފަތިހު 05:30 ން ފެށިގެން ހެނދުނު 09:00 އަށް ވެހިކަލް ނުދުއްވޭގޮތަށް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މިގޮތަށް ހަމަޖެއްސީ އެގަޑީގައި މަގުމަތީގައި ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދީ އެގަޑީގައި ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށް މޭޔަރ ވިދާޅުވިއެވެ.

މިކަމަށް ބައެއް މެމްބަރުން ތާއީދު ކުރެއްވީ ކޮންމެ މަހަކު އެއްފަހަރު މަގހު ބަންދުކުރުމަށެވެ.

ނަމަވެސް ކައުންސިލުން ވަނީ މިގޮތަށް ނިންމާ މިކަން ކުރިއަށް ގެންދަން ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމާފައެވެ.

މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭގޮތަށް ހަދަން ބައެއް މީހުންވެސް ސޯޝަލް މީޑީއާގައި ބުނެހަދައެވެ. އަދި މާލޭގެ ވަރަށް މަދު މަގެއްގައި ވެހިކަލް ނުދުއްވޭގޮތަށް ވަނީ ހަދާފައެވެ.

މިހާރު މާލޭގައި އީދު ފަދަ ބޮޑެތި ޗުއްޓީ އާއި ދިމާކޮށް ވަކި ގަޑިތަކެއްގައި ވެހިކަލް ނުދުއްވޭގޮތަށް ހަދައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު