އާދިއްތަ, November 8
ބަންޑުންޖެހި ލޭންޑިންގ ކްރަފުޓުން ދިވެއްސަކު މަރުވެއްޖެ

ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން 5 މީހަކު ޅ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ބާކީ ތިބި 4 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.

ހޮސްޕިޓަލަށް ގެންދިޔަ 5 މިހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި 3 ދިވެހިންނެވެ.

މި ހާދިސާ ހިނގިކަން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއްނުވެއެވެ.

ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖެހުމާއި ގުޅިގެން އޭގެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ މިހާރުވެސް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު