Saturday, October 31
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން އިމްތިޙާނު ހެދޭނެ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން އިމްތިޙާނު ހެދޭނެ ނިޒާމެއް  ޤާއިމް ކުރުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. ސިޓީސް މިނިސްޓްރީ ގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރުން އެ މިނިސްޓްރީގެ ކްލަސްޓަރތަކާއި އަތޮޅުތައް ބެލެހެއްޓުމާއި ޙަވާލުވެ ތިއްބެވި ވެރިންން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. އެގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ހަޔަރ އެޑިޔުކޭޝަނުން ހިންގާ މަތީ ތައުލީމްގެ އެކި އެކި ޕްރޮގްރާމްތަކުގެ އިމްތިހާނުގައި ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ބައިވެރިވެނޭނެ ނިޒާމެއް ގާއިމް ކުރުމާއި ބެހޭގޮތުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި ހަޔަރ އެޑިޔުކޭޝަނުން ދަނީ ޒުވާނުންނަށް އެކި އެކި ތަމްރީން ހިންގާނެ މަރުކަޒުތައް ގާއިމްކޮށް ކޯސްތައް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު