އާދިއްތަ, November 8
މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެންޑް ކޯޕަރޭޝަން އޮފް ދަ ރިޕަބްލިކް އޮފް މޮޒަމްބީކް، މާރިއާ މެނުއޭލާ ޑޮސް ސަންޓޯސް ލޫކަސް އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ގައި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، މޮޒަމްބީކްގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު