އާދިއްތަ, November 15
ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރު ބޭނުންތެރި: ރައީސް
ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންނަހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށާއި އަދި އެއީ ދައުލަތުން އިސްކަންދޭ ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއްކަމަށެވެ. އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތްފެށި އިރު، ދިވެހިރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޤައުމުކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި، ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާންޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ދުވަހެއް ފާހަގަކުރުމަކީ ޚާރިޖީ ގުޅުންތައް ފުޅާކުރުމުގައި އަންހެންކަނބަލުންގެ ދައުރު ފާހަގަކޮށް، މިފަދަ ދާއިރާތަކުގައި އަންހެންކަނބަލުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖެއިން މިންތީގެ ފަރަގު ނައްތާލުމަށް އަބަދުވެސް ވަކާލާތުކުރަމުން ގެންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ސަބަބުން، މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުލިބި، އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭނެކަމަށެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ސަލާމަތާއި ތަރައްޤީ، ކުރިމަގުގައި ބައްޓަންވެ، ތަރައްޤީވަމުންދާނީ އަންހެންކަނބަލުންގެ ބައިވެރިވުމާއެކު، އެކަނބަލުންގެ އިސްނެގުމާއެކުކަމުގައި ކުރައްވާ އުންމީދު އައުކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު