Saturday, October 31
އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ރައީސް އަންގަވައިފި

ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން، އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އިން އަމަލުކޮށްފައިވާ ގޮތާ ގުޅިގެ އިދާރީ ކަންކަން ހަރުުދަނާ ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ހެލްތު މިނިސްޓްރީ އަށް އަންގަވައިފިއެވެ.

އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:

  • ޔުމްނަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީ.ޔޫ) އިން އެ ހޮސްޕިޓަލުގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލާފައިވޭ.
  • އެއީ އެ ޔުނިޓުގެ އެސްއޯޕީގައި އެތަނުގެ މުވައްޒަފު އަމަލުކުރަން ޖެހޭ ގޮތްކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން އެނގޭތީ އާއި އެފްޕީޔޫގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެ ނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައި ވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ބުނެފައި ވާތީ އެ މައްސަލަ ބެލުން.
  • އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދިއުމުން ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއް ކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި އަނިޔާތައް ދެނެގަންނަން ޖެހޭ.
  • އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯ ނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާ ކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށް ވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ ހުރިހާ ސާމްޕަލްތައް ނަގަން ޖެހޭ.
  • ހެއްކާއި ގަރީނާ ނުގެއްލޭ ގޮތަށް އެ މައުލޫމާތު އެއްކުރެވި ރައްކާކުރެވެންވާނެ ކަމާއި އެކަން ކުރުމުގައި އައިޖީއެމްއެޗްގެ އެފްޕީޔޫއިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ބުނެފައި ވާތީ، އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުން.

މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކޭކަމަށް ބުނެފައިވާތީ ހެލްތު މިނިސްޓްރީ އަށް ރައީސް ވަނީ މިކަންކަން ހަރުދަނާކުރެއްވުމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު