Saturday, October 31
ޔުމްނުގެ މައްސަލަ: ދާއޫދުގެ އިހްމާލު ހިމެނޭތީ އޭނާގެ މައްސަލަ ތަހްގީގު ކުރަނީ

2025 އެޕްރީލު 18 ވަނަ ދުވަހުގެ ހާދިސާގައި، ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އޭނާގެ މައްސަލަ ތަހްގީގް ކުރުމަށް ފުލުހުންނަށް ރައީސް އަންގަވައިފިއެވެ.

ރައީސް މިއަދު ވަނީ ރިޔާސީ ކޮމިޝަނުގެ ބަޔާނުގައި، ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޙައްވާ ޔުމްނު ރަޝީދު ހ.މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވަނީ އަންގުމަށް ހޯމް މިނިސްްޓްރީ އަށް އަންގާފައެވެ.

ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ވެސް މެ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، ދާއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭޕްރީލް 24 ގައި ރައީސް މުއިއްޒު އެ ކޮމިޓީން ދާއޫދު ވަކިކުރެއްވި އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން ދާއޫދު ވަނީ މި މަހުގެ 19 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު