Monday, November 9
ހާއްސަ ދާއިރާތަކުން ސިއްޙީ ހިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

ހާއްސަ ދާއިރާތަކުން ސިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި އެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޗްބީއެސް އިންސްޓިޓިއުޓް އޮފް ހެލްތްކެއާ އެންޑް އެލައިޑް ސައިންސަސް އަށް ޒިޔާރަތްކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން ކުރެއްވި މަޝްވަރާ ބައްދަލުވުމުގައި ސިއްޚީ ހިދުމަތް ފޯރުކޮށްދިނުމާއި، ވޯކްފޯސް ޑިވެލޮޕްމަންޓާއި، ސްޕެޝަލައިޒްޑް ޓްރޭނިން، ރިސާޗް، އަދި ޑިޖިޓަލް ހެލްތު ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން ވަނީ ޕާކިސްތާން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއާއި ބައްދަލުކޮށްފައެވެ. އެ  ބައްދަލުވުމުގައި  މެޑިކަލް ތައުލީމާއި، ލައިސަންސް ދިނުމާއި، އެކްރެޑިޓޭޝަން ދިނުމާއި، ރެގިއުލޭޓަރީ ހަރުދަނާކުރުމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު