Monday, November 9
ޞައްޙަ ނޫން ސްލިޕް ފޮނުވަމުންދާ މަސަލައާއި އިތުރުވާތީ ހޭލުންތެރިކުރަން ފަށައިފި

ޞައްޙަ ނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތު ބ. އަތޮޅު ދެ ރަށެއްގެ ރައްޔިތުންނަށް ދީފިއެވެ.

ފުލުހުން ބުނީ މި މައުލޫމާތުދީފައިވަނީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ގޮތުން ބ. އަތޮޅު ދެ ރަށެއްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައެވެ.

މި މަހުގެ 22ވަނަ ދުވަހު މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ބ. ކަމަދޫ އަދި ކުޑަރިކިލު ގައެވެ.

މި ޕްރޮގްރާމުގައި ފިހާރަތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމާއި ސައްހަނޫން ފައިސާއާއި ޗެކު ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފައިސާގެ މުއާމަލާތް އޮންލައިންކޮށް ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި މުދާ ގަތުމަށްފަހު ބެންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ވިޔަފާރި ބަންދުކުރުމަށް ފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު އެތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދެއެވެ. އަދި ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ކަމެއް ފާހަގަކުރެއްވިޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު