Monday, November 9
ސްކޫލް ނިންމާ ގްރޭޑަކީ އޭލެވެލް ކަމަށް ކަނޑައަޅަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ނިމޭއިރު އޭލެވެލް އަކީ ސްކޫލް ނިންމާ ގްރޭޑް ކަމަށް ކަނޑައަޅުއްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި  މިނިސްޓަރު ވިދާޅުވީ މިއީ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު މަދުވާތީ އިތުރުކުރަން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން މިއަހަރު އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އޯލެވެލްގެ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް އޭލެވެލް އަށް ފުރުޞަތު ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް މިނިސްޓަރ ރޭ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު  މާލެ ސްކޫލުތަކުގައި އެ ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށެވެ. މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު