Monday, November 9
ރާއްޖޭގެ ފުރަތަމަ މެޓަބޮލިކް ސެންޓަރު ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ  މެޓަބޮލިކް ސެންޓަރު ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި ސެންޓަރެކެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މެޓަބޮލިކް ސެންޓަރުން  ހަކުރުބަލި، ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރާނެއެވެ.

ލިލީމަގުގައި ހުންނަ މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ލިބިގެންދާނެއެވެ. މި ސެންޓަރާއިއެކު ވަނީ ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ތައާރަފްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު