Saturday, October 31
ތުރާކުނު އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން: އާރުޑީސީ
ހއ. ތުރާކުނުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މިގޮތުން އާރުޑީސީން މިއަދު ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ނުގޮސް ހުއްޓިފައިވާ ރައްޔިތުންނަށް މުހިންމު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ސަރުކާރުން އިސްނަގައިގެން ވަނީ އަލުން ފަށައިފައެވެ. މިގޮތުން ސަރުކާރުން ވަނީ މިފަދަ ގިނަ މަޝްރޫޢުތަކެއް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް އާރުޑީސީއާ ހަވާލުކޮށްގެންވެސް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު