Monday, November 9
ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށަނީ

މި އަހަރުގެ ތެރޭގައި ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފައްޓަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމުދިނުމަށް، މިއަދު ހެނދުނު ދަންފަޅީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި، ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސެން ޓީޗަރުންވެސް ބޭނުންވާ ކަމަށެވެ.

އެގޮތުން އެދާއިރާއިން ހަސަތޭކައެއްހާ ސެން ޓީޗަރުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''ހަސަތޭކައެއްހާ ސެން ޓީޗަރުން ބޭނުންވޭ. ދުއިސައްތައެއްހާ ޕްރައިމަރީ މުދައްރިސުން އެބަ ބޭނުންވޭ. މިއީ އަދި ކީސްޓޭޖް ހަތަރަކާއި ކީސް ސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުންތައް ނުހިމަނައި. އެހެންވީމަ މިއިން އެބަ އިނގޭ އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ ދަރީންނަށް ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި، ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި، އަޅުގަނޑުމެން ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާކަން'' މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވިއެވެ.

މުދައްރިސުން ލިބުމުގެ ދަތިކަން އޮތްކަން ހާމަކުރައްވައި، ވަޒީރު ވަނީ އެންމެ ފަހުގެ ތަފާސްހިސާބުތައްވެސް އާއްމުކުރައްވައިފައެވެ. އެގޮތުން ވަޒީރު ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ ދިވެހި މުދައްރިސުން: 74 އިންސައްތަ ކަމަށެވެ.

ވަގުތީ މުދައްރިސުންގެ ގޮތުގައި ދިވެހި، އިސްލާމް، ގުރުޢާން އަދި ޕްރައިމަރީ ޓީޗިންގެ ވަގުތީ މުދައްރިސުން ހަރަކާތްތެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ދިވެހި މުދައްރިސުންގެ ނިސްބަތަކީ 16 އިންސައްތަ ކަމަށެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭ ދިވެހި ފިރިހެން މުދައްރިސުންގެ ނިސްބަތް ހުރީ ނުވަ އިންސައްތައިގައި މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު