ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ) އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ޖޫން މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 193.3 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ސަމާޙް (38އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި މުޙައްމަދު ޖުމައިލް (35އ) ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން