އާދިއްތަ, November 15
މާލޭ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

މާލޭ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ މައްޗަންގޮޅިގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެ އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، "އޯޕަން ފްރެކްޗަރ" ވެ އަނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު