Monday, November 9
އަލްހާން އަނެއްކާ ވެސް ޓްރޭޑްކޮށްދޭން ކަމަށް ބުނެ އިންވެސްޓް ކުރަން މީހުން ހޯދަނީ

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ޓްރޭޑުކޮށްގެން ފައިދާ ހޯދައިދޭނެ ކަމަށް ބުނެ އިޝްތިހާރު ކުރަން ފަށައިފިއެވެ. އަލްހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  އޭނާ ހިންގާފައިވަނީ ޕޮންޒީ ސްކީމެއް ނޫން ކަމަށެވެ.

އޭނާ ހިންގި ސްކީމް ހުއްޓުނީ ބޭންކް އޮފް މޯލްޑިވްސް އިން ހައްގަކާ ނުލާ އެ މީހުން ކުންފުނީގެ އެކައުންޓުތައް ބްލޮކް ކުރުމުން ކަމަށާއި އެތައް ސަތޭކަ މީހުންގެ ތެރެއިން މި މައްސަލާގައި ފުލުހުން ބަޔާން ނެގީ އެންމެ 13 މީހެއްގެ ކަމަށެވެ. އަލްހާން އާއި ދެބެއިންގެ މައްޗަށް ކޮށްފައިވާ ޓެކުމުގެ ދައުވާ އަކީ އެމީހުންގެ އަބުރު ކަތިލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނެފައިވަނީ އޭނާއާއި އެކު ބަޔަކު  ބައިވެރިވާނަމަ ޓްރޭޑްކޮށްގެން ފައިިދާ ހޯދައިދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި ފައިދާ ލިބޭނެވަރުވެސް ހިއްސާކޮށްފައިވެއެވެ. ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުންވެސް މަދެއް ނުވާނެ ކަމަށާއި އެކަން ހުއްޓުވުމާ ހަމަޔަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

'' އެހެންކަމުން، އަލުން އަޅުގަނޑާ އެކީ ކްރިޕްޓޯ ކަރަންސީއިން އޮންލަައިން ޓްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލަން އަޅުގަނޑު ގަސްތުކުރަން،" އަލްހާން ގެ ޕޯސްގައި ލިޔެފައިވެއެވެ.

އަލްހާންގެ މިޕޯސްޓް ލިޔުނީ އެތައް ހާސް ބަޔަކު އިންވެސްޓްކުރި ޖެމްކިއު ނުވަތަ ޖީއެމްސީ ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު