Monday, November 9
އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރ ތުރުކީއަށް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރ އަބުދުﷲ ޚަލީލް ގެ މި ދަތުރަކީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 51 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ.މިނިސްޓަރ މިއަދު ވަނީ މިބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ބައިވެރިވަޑައިގެންފައެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް މަރުހަބާ ދެންނެވި ކަމަށެވެ.

 އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި އިސްލާމީ ދުނިޔޭގައި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު