Saturday, October 31
މަރަދޫފޭދޫ ގައި ކުޑަކުދިންގެ ޕާކެއް ހަދަން ހަވާލުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކުރުމަށް ބަޔާކާއި ހަވާލުކޮށްފިއެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލާއި ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ވެވުނު އެއްބަސްވުމުގައި މިހާރު ވަނީ ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މިއީ  381,030.21 ރުފިޔާ ޚަރަދުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު