އާދިއްތަ, November 15
ފިޔޯރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިއްޖެ

ގދ. ފިޔޯރީގައި ގާއިމުކުރެވުނު ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ފިޔޯރީގެ ފެނާއި ނަރުދަމާގެ ޚިދުމަތް އާއްމުންނަށް ދިނުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ މަސައްކަތްތަކެވެ.

އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމު އަދި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއިއެކު ވަނީ ކާމިޔާބުކަމާއެކު ޓެސްޓްކޮށް ކޮމިޝަން ކުރެވިފައިވާ ކަމަށާއި، 9.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކްއަކާއި، 5 ޕަންޕިންގ ސްޓޭޝަން، އަދި ދުވާލަކަށް 290 ކިލޯލީޓަރު ޓްރީޓްކުރެވޭ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވާ ކަމަށެވެ. އަދި މި ނިޒާމުގެ ދަށުން ފިޔޯރީގެ 227 ގޭބީސީއަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ފެނުގެ ޚިދުމަތް ދިނުމަށްޓަކައި 10.3 ކިލޯމީޓަރުގެ ފެނުގެ ނެޓްވަރކާއި، 71 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، ފެންރައްކާ ކުރާ 532 ކިޔުބިކް މީޓަރުގެ 2 ޓޭންކާއެކު 225 ގޭބީސީއަކަށް ފެނުގެ ޚިދުމަތްދެވޭނެގޮތް ވަނީ ކަށަވަރުކުރެވިފައެވެ.

މިހާރު ކުރިއަށްދަނީ މި ޚިދުމަތްތައް ފިޔޯރީގެ ރައްޔިތުންނަށް ދިނުމަށްޓަކައި، އެ މަޝްރޫޢު އޮޕަރޭޓަރަކާއި ޙަވާލުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. މުޅި މި މަޝްރޫޢުގެ އަގަކީ 59,561,544.38 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު