ފާއުތުވި ދެ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ޖަލްސާ އަންނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ.
މިގޮތުން އެ ވުޒާރާއިން ބުނީ 2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު، 21 އަދި 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެއެވެ.
ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން