Monday, November 9
ބޮޑުތަކުރުފާނު މަގުގައި ވެސް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަނީ
ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާނެ ކަމަށް ފުލުހުންބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި މީހަކާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. އަދި ބުނީ މިގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

ދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާދަށް ޕާކުކުރާ ވެހިކަލްތައްވެސް މިހާރު ދަނީ ޓޯ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު