Monday, November 9
މަގޭ ސާފުރާއްޖެ މަހާސިންތާ އަންނަ މަހު ބާއްވަނީ

ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި މަހާސިންތާ އެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ޖުލައި މަހުގެ 20 އިން 23  އަށް "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ނަމުގައި ބައްވާ މި މަހާސިންތާގައި  ރާއްޖޭގެ ހުރިހާ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ  އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން  ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާ އެއް ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ވިދާޅުވެއެވެ.

ވަރލްޑް ބޭންކުގެ ހިލޭއެހީގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަހާސިންތާ އިއުލާނު ކުރުމުގެ ގޮތުން މިއަދު  ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު،  ޠާރިޤު އިބްރާހީމް ވަނީ މިމަހާސިންތާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން ކުނި މެނޭޖުކުރުމަށް ރަށުފެންވަރާއި އަދި އަތޮޅު ފެންވަރުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ސައްޙަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖުކުރުމުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުން ހޯދޭ ނަތީޖާއާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެކި ފަރާތްތަކުގެ ދައުރު ފުރިހަމަގޮތުގައި އަދާކޮށް، ކުނި މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑުގެ މައުލޫމާތާއި އެކި ރަށްރަށުގެ ތަޖުރިބާ އާއި ކާމިޔާބީގެ މައުލޫމާތުގެ މައްޗައް ބިނާކޮށްގެން މެނުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއީ ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު