Monday, November 9
އެމްޑީޕީން ނިންމީ ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔަން
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ. އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުރީގެ ރައީސް ، މުހައްމަދު ނަޝީދު އަދި ދަ ޑިމޮކްރަޓިސް އަށް ނިސްބަތްވާ މެމްބަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ބަޔާނުގައި ބުނެފައިވަނީ ޤައުމަށް ހަގީގީމާނައިގައި މަސައްކަތްކުރާ ކޮންމެ ބަޔަކަށްވެސް އެ ޕާޓީ ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތެއް ކުރަންޖެހިފަިއިވާ ދަނޑިވަޅެއް ކަމަށާއި ޕާޓީ އާއި ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭ މެމްބަރުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެމްޑީޕީން އަބަބދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިއޮންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެެއެވެ. ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ. އެ ޖަލްސާއިން ނިންމީ ރައީސް ނަޝީދު އަދި ދަ ޑިމޮކްރަޓްސް ގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށެވެ. އެއާޢި އެކު ރޭ އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދު އަދި ޗެއަރޕާރސަން ފައްޔާޒު ވަނީ އެމީހުންނަށް މަރުހަބާ ކިޔާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު