Saturday, October 31
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި އެވެ.

މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލަ ހުށަހެޅުމާ ގުޅިގެން އެތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން 13 ވަނަ ދުވަހުގެ ރޭ އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އަދި އެެ އޮޕަރޭޝަނުގައި އެ ތަކެތި ހޯދާފައިވާ ކަމަށާއި ތަކެތީގެ ވެރިފަރާތާ އެތަކެތި ހަވާލުކޮށްފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވެއެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހޯދިފައިވާާ ކަމަށް ފުލުހުން ވަނީ ބުނެފަައެވެ.

އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްގެން ކަމަށާއި ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށްްވެސް ފުލުހުން ވަނީ ބުނެފައެވެ،.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު