ބ. އަތޮޅު ރަށްރަށުގައި ގާއިމުކުރެވިފައިވާ ޓޫރިސްޓް ފެސިލިޓީތަކުގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކަންކަން ހުރިގޮތް ބެލުމަށް ފުލުހުން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ބ. އަތޮޅު ފުލުހުން ގުޅިގެން ޖޫން 16 އަދި 17 ވަނަ ދުވަހު ހިންގި މި ޕުރޮގުރާމުގައި ކަމަދޫ، ދަރަވަންދޫ، މާޅޮސް، ފުޅަދޫ އަދި ފެހެންދޫގެ ޖުމުލަ 48 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހުންނަންވާ މިންގަނޑަށް ނުފެތޭ ކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާ ކަމަށވެ.
ފުލުހުން ބުނީ މި ޕްރޮގްރާމުގެ ތެރެއިން، ކަމަދޫ އަދި ދަރަވަންދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ރަށަށް އައިސް އުޅޭ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ކަމަދޫ މޫދަށް އެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗު ބޯޑު ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން