Saturday, October 31
ލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން އެމްކިޔުއޭއިން އިލްތިމާސްކޮށްފި
ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާތީ އެ މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އިން އިލްތިމާސްކޮށްފިއެވެ. ސަސްޕެންޑް ކޮށްފައިވާ ތަޢުލީމުދޭ މަރުކަޒުތަކުގެތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭކަން އެމްކިއުއޭއިން ފާހަގަކުރެއެވެ. ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އަށް މަޢުލޫމާތު ލިބިފައިވާތީ، އެ މަރުކަޒުތަކުގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭއަށް އީމެއިލް (recognition@mqa.gov.mv) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމު ޙާސިލްނުކުރުމަށްވެސް އެ އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު