Monday, November 9
ޔުޓިލިޓީން ހުއްދަ ނުނަގައި ހިނގި ޕްރޮޖެކްޓުތައް އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދަނީ
ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ހުރި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންް އިންފްރާ ސްޓްރަކްޗަރ ޑރ. އަބުދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަށްރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށެވެ. އެފަދަ ތަންތަނަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށްވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ ތަންތަނުގެ މަސައްކަތް  މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ޑރ. މުޠަލިބު ވިދާޅުވިއެވެ. މިނިސްޓަރ މުއްތޮލިބު ވިދާޅުވީ 2026ގެ ނިޔަލަށް ފެނާޢި ނަރުދަމާގެ ޚިދުމަތް ނުލިބޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު