Monday, November 9
އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ނިންމައިފި
އެމްޓީސީސީއަށް ނިމިދިޔަ 2024 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފިއެވެ. އެގޮތަށް ނިންމީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު، 5.5 މިލިޔަން ރުފިޔާ ހޭދަވާނެ އެވެ. އަހަރީ އާންމު ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އިރު، އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 ޕަސެންޓެވެ. ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5ރ. ރުފިޔާއިން، ހިއްސާއަކަށް 2ރ. ރުފިޔާ ބަހަން ފާސްކުރީ ފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.95 ޕަސެންޠް ވޯޓުންނެވެ. މިދިޔަ އަހަރު އެމްޓީސީސީން ހިއްސާއަކަށް ބެހީ 3ރ. އެވެ. ރޭގެ އަހަރީ ޖަލްސާގައި 2023 ގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، މިދޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ފާސްކޮށްފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު