ޙައްޖުވެރިން ރާއްޖެ އައިސްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު އައީ ޖޫން 13 ގައެވެ. އަދި ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައިސްފައިވާއިރު، ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައިސްފައިވަނީ އިއްޔެއެވެ. މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ހުޅުވައިފައެވެ. އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. އެގޮތުން ކިޔޫބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކް ވަނީ ހުޅުވާފައެވެ. ހުޅުމާލޭގައި ކްލިނިކް ހުުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 14:00 އިން 20:00 އަށެވެ. ފްލޫ ކްނިކަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށް ވެސް ހޮސްޕިޓަލް ތަކުން ވަނީ އެދިފައެވެ. މީގެ އިތުރުން އައްޑޫ ޙައްޖުން މީހުން އަންނަން ފެށުމާއެކު ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި ބަލިތައް އިތުރުވަމުންދާނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ވަނީ ފުލޫ ކްލިނިކެއް ހުޅުވައިފައެވެ.ދިވެހި ޙައްޖުވެރިންގެ ހަތަރު ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެ#Hajj1446#MvHajj1446 pic.twitter.com/8TKHyntHsh
— Ministry of Islamic Affairs (@MVIaffairs) June 17, 2025

ރާއްޖެއިން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.
މިގޮތުން ދިވެހި ޙައްޖުވެރިންގެ ހަތަރުވަނަ އަދި އެންމެ ފަހު ފްލައިޓް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ލިޔުން ކިޔާލުމުން





