މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ފެށި "ޙައްޖު އެރައިވަލް އޮޕަރޭޝަން" ނިންމާލައިފިއެވެ.
މިގޮތުން ސިފައިން ވަނީ ޖޫން 13 އިން 17 އަށް، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އޮޕަރޭޝަނުގައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ޙައްޖާޖީން ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މަސައްކަތްކޮށްފައެވެ.
މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތައްކަމަށް ވާ އެމްޑީޔޫ 2، އެމްޑީޔޫ 3 އަދި އެމްޑީޔޫ 4 ގެ މެރިންސް ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން