އާދިއްތަ, November 15
ޗައިނާއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
ޗައިނާއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޗައިނާ އިން ދިވެހިރާއްޖެ އަށް އަލަށް ޢައްޔަންކުރެއްވި ސަފީރު، އެކްސެލެންސީ ކޮންގ ޝިއަންހުއާ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް ހޯމަ ދުވަހު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މިގޮތުން މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު ވަޒީރު މަޝްވަރާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް ވަޒީރު ޑރ. ޝަފީޢު ވަނީ ޝުކުރު އަދާރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު