Saturday, October 31
ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އޭއީއެޗްގައި ވެސް ފުލޫ ކްލިނިކެއް ހުޅުވައިފި
ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައިވެސް ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ. އޭއީއެޗް އިން ބުނީ ޙައްޖުން ޙައްޖުވެރިން އެނބުރި އައުމާއެކު، އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި ބަލިތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މިގޮތުން މިއަދުން ފެށިގެން ހިތްފަހި ކްލިނިކްގައި ކޮންމެ ދުވަހަކު 15:00 އިން 22:00 އަށް ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށް އޭއީއެޗް އިން ބުނެފައިވެއެވެ. ހުމާއި، ނޭފަތުން ފޭބުމާއި، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ފަދަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ހުރެއްޖެނަމަ ފުލޫ ކްލިނިކަށް ދެއްކޭނެ ކަމަށް އޭއީއެޗް އިން ބުނެއެވެ. ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ވަނީ ފުލޫ ކްލިނިކް ހުޅުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު