Saturday, October 31
ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސް އޮފީހުގެ ވެބްސައިޓުގައި ޢާންމު ކޮށްފި

ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޢާންމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމު ކުރައްވައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި ރިޕޯޓް https://presidency.gov.mv/Pages/dv/297 ކޮމިޝަނުގެ ރިޕޯޓް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދުމަށާއި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާައިވާ މަސައްކަތްތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މި ޚާއްޞަ ކޮމިޝަން އުފެއްދެވީ 2025 އެޕްރީލް 27 ގައެވެ.

ކޮމިޝަނުން އެ މަސައްކަތް ފުރިހަމަކުރައްވައި، ރައީސްގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭގައެވެ. މިއީ މިފަދަ ކޮމިޝަނެއްގެ މަސައްކަތް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި ފުރަތަމަ ފަހަރު ކަމަށް ރައީސްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު