Saturday, October 31
ޔުމްނުގެ ބަޔާން ދޭން އާއިލާއިން އެއްބާރުލުން ނުދިން ކޮމިޝަނުން ހާމަކޮށްފި

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ދޭން އޭނާގެ އާއިލާއިން ދެކޮޅު ހެދިކަމަށް، މި ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރާ ގޮތާމެދު އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭޕްރިލް 27 ވަނަ ދުވަހު ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ ބަޔާން ނެގުމަށް މަސައްކަތްކުރި ނަމަވެސް، އެކަމަށް އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ކޮމިޝަނުން ރައީސް މުޢިއްޒުއަށް ހުށަހެޅި ރިޕޯޓުގައި ޔުމްނުގެ ބަޔާން ހިމެނިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިމި، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސް މުޢިއްޒުއަށް ހުށަހަޅާފައެވެ. އަދި ރައީސް ޑރ މުޢިއްޒު ވަނީ އެ ރިޕޯޓު އާންމުކުރުމަށް މިއަދު އަންގަވާފައިކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު