އާދިއްތަ, November 15
މިފްކޯއިން 31 ދޯންޏަކަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޖޫން 15 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއެވެ. އެގޮތުން އެ ކުންފުނިން ވަނީ 31 ދޯންޏަކަށް 1،713،378ރ. ދައްކައިފައެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ ޖޫން 17 ވަނަ ދުވަހުއެވެ. މިފްކޯއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ. މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު