Saturday, October 31
ކާނާގެ ޔަގީންކަން އިތުރުކުރުމަށް ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދަން ފަށައިފި

ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހަނިމާދޫގައި ބަނބުކެޔޮ ގަސްއިންދަން ފަށައިފިއެވެ.

ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް މިވުޒާރާއިން ވަނީ 50 ގަސް ހަދިޔާކޮށްފައެވެ. އެގަސްތައް އިންދުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ ހަރަކާތުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މާރިޔާ ބަނބުކެޔޮ ގަސް އިންދަވައިދެއްވިއެވެ.

މި ހަރަކާތުގައި ވަޒީރުގެ އަރިހުގައި މިވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިނެވިއެވެ. އަދި ހަނިމާދޫ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ކާނާގެ ޔަގީންކަން (ފުޑް ސެކިޔުރިޓީ) އިތުރުކުރުމަކީ ރާއީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ. އެހެންކަމުން މި ވުޒާރާއިން އަންނަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު