Saturday, October 31
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ތާރީޚުގައިވެސް ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި: ވަޒީރު ނާޒިމް

މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ތާރީޚުގައިވެސް ދުވަހަކު ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ކުރީ ސަރުކާރުގައި ޤައުމު އޮތީ މިނިވަންކަމާއި ސިޔާދަތާމެދު ސުވާލު އުފެދޭ ހާލަތެއްގައި ކަމަށެވެ. އަދި އެދުވަސްވަރު ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސްވެފައިވާ ކަމަށާއި، ޤައުމުގައި ކޮންމެހެން ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ރައްޔިތުން ވަނީ ގަބޫލުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

"ކޮރަޕްޝަނާއި ފަސާދަ އޮތީ އިންތިހާއަށް އާންމުވެފައި. ވެރިކަމުގައި އެއްވެސްް އުރަތްޕެއް ނެތް. ފަންވަރެއް ނެތް." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، އޭރުގެ ވެރިކަން ކުރަމުންދިޔަ ޕާޓީގެ ތެރޭގައިވެސް ވަނީ ބޮޑެތި ރޫޅުންތަކެއް އައިސްފައިވާ ކަމަށާއި، ޕާޓީގެ ތެރެއިން އޭރުގެ ވެރިކަމާމެދު ހިތްހަމަނުޖެހުންތައް ފާޅުކުރަމުން ދިޔަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިދެންނެވި ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ހުރިހާ ބުރައެއް އުފުލަން ޖެހުނީވެސް ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިކަންކަމުން މިންޖުވުމަށް ރައްޔިތުން އެދުނު ދުވަހު، އެކަމަށް އިޚްތިޔާރުކުރެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު