Saturday, October 31
ހިތުހުރި ގޮތަކަށް ފައިސާ ނުހޯދަނީ ޚިޔާނާތްތެރިވާން ބޭނުންނުވާތީ ކަމަށް މަޖިލިސް މެންބަރު ސަލީމް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައިވަނީ ހިތުހުރި ގޮތަކަށް ފައިސާ ޗާޕުކޮށް، ރާއްޖޭގެ ރަށްރަށާއި ފަޅުތައް ވިއްކާލައިގެން ފައިސާ ހޯދިދާނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަންކަން ނުކުރަނީ ގައުމަށް ޚިޔާނާތްތެރިވާން ބޭނުންނުވާތީ ކަމަށެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ފުން ވަޅުގަނޑު އެއްވެސް މީހަކަށް އޮޅިފައިނުވާނެ ކަމަށެވެ. އަދި އިދިކޮޅުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ ހަ މަސް ދުވަހުގެ ތެރޭގައި ވެރިކަން ފެއިލްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކަމަށް ވެސް އޭނާ ވެސް އޭނާ ވިދާޅުވިއެވެ.

"މުސާރަވެސް މަހުން މަހަށް، ބަރާބަރަށް ދެމުންދަނީ. މީގެ ކުރީ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ އަތުން ފައިސާ ހޯދައިގެން މުސާރަ ދީފަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް މިހާ ދަތިހާލުގައި ގައުމު އޮތް އިރުވެސް، ހަމަ އެއްވެސް ފަރާތަކަށް ދިއުމެއްނެތި ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖައްސައިގެން މުސާރަޔާ އިނާޔަތްތައްދީ އެހެނިހެން ޚަރަދުވެސް ކުރަނީ," މެންބަރު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް އަހަރުތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ކަމަށެވެ. އަދި އެއް އަހަރުން އެއް ބިލިއަން ޑޮލަރު ދައްކައިފިނަމަ އެއީ ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ ކަމަކާއެކު ވެސް ތަރައްގީގެ މަޝްރޫއުތައް މަޑުޖެހުމެއްނެތި ކުރިއަށްދާ ކަމަށާއި، އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ނަމަވެސް މިކަން ކޮންމެވެސް ހިސާބަކުން މަޑުޖައްސަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު