Saturday, October 31
އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރުމަށް ރައީސް ނިންމެވުމުން، ޗައިނާ ސަފީރު ތައުރީފު ކުރައްވައިފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.

މި ނިންމެވުމާ ގުޅިގެން ސަފީރު ކޮންގް ޝިންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ބަދަލެއް ގެނެސް، ދިވެހީންގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ. އަދި އެއީ އިންޖިނިއަރިންގ ދާއިރާއިން ހޯދުނު އަޖައިބެއް ފަދަ ބޮޑު ކާމިޔާބެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވެފައިވަނީ، އިންޖިނޭރުންނަކީ ހަމައެކަނި ބިނާތަކާއި ބޮޑެތި އިމާރާތްތައް ކުރާ ބައެއް ނޫން ކަމަށާއި، އިޤްތިސާދު ބަދަލުކޮށްލާ މިފަދަ މަޝްރޫޢުތައް ހަޤީޤަތަކަށް ހަދައިދީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހައާއި ކުރިއެރުން ހޯދައިދޭ ބައެއް ކަމަށެވެ. އަދި އިންޖިނޭރުންނަކީ އިޙްތިރާމާއި ފުރިހަމަ ޤަދަރު ޙައްޤު ބައެއްކަން ފާހަގަކުރައްވައި، ރައީސްގެ މި ނިންމެވުމަށް ތަޢުރީފު ކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ އަޖައިބުކުރަނިވި މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު