ކ. ތަނބުރުދޫ އާއި ގިރިފުށީގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖޫން 16 އިން 17 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގެ ވަށައިގެން 300 މީޓަރ ދުރުމިނަށް ކަމަށެވެ.
އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން