Monday, November 9
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް  އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.

 ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)

 ޒީނާ ޒާހިރު (85 ޕަސެންޓް)

 ޝިމްލާ އަހުމަދު: (77 ޕަސެންޓް)

ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.

އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު