Saturday, October 31
ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ނިންމައިފި

ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަކީ ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ފަރާތްތަކާއެކު އެއްބަސްވުން ޤާއިމުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމެވެ. އަދި މިކަމުގެ ސަބަބުން ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ކަމަށް ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކުރުވައި، އެކަމަށް ބާރުއެޅުމަށް އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޤައުމީ ޔުނިވަރސިޓީ، އިސްލާމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަންއާ އެކު އެއްބަސްވުންތަކެއް ޤާއިމުކުރެވުނެވެ.

މި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ލޭ ހަދިޔާކުރާ ފަރާތްތަކާއި ލޭ ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު