Monday, November 9
‎އެއްބާރުލުން ލިބިއްޖެނަމަ، މަގުތައް ބޭނުންކުރާ އެންމެނަށް ލުއިފަސޭހަވާނެ: ޕޮލިސް

އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މަގުތައް ބޭނުންކުރާ އެންމެނަށް ލުއިފަސޭހަވެ، ރައްކާތެރިވެގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ މަޖީދީ މަގުގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ހުންނަ އުޅަނދު ނަގަން އެނަގުމާއި އެކު މަގުމަތީގައި އުުޅަނދު ޕާކްކޮށްފައި ނެތް ވަރަށް އަމާންކޮށް އޮތް މަޖީދީ މަގުގެ ފޮޓޯތަކެއް ހިއްސާކުރައްވާފައެވެ.

މާލެ ސިޓީގައި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ތަނަވަސްކުރުމަށް ކުރަމުންދާ މަސަނެއްކަތުގެ ތެރެއިން، މަޖީދީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އެފަދަ އުލަނދުތައް ޓޯވްކޮށް ދެން ދޫކުރަމުން ގެންދާން ދާނީ 48 ގަޑިއިރު ފަހުންނެވެ.

''މި ފޮޓޯތަކުން ދައްކުވައިދެނީ އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މަގުތައް ބޭނުންކުރާ އެންމެނަށް ލުއިފަސޭހަވެ، ރައްކާތެރިވެގެންދާ މިންވަރެވެ. ރޭވި، ތަރުތީބުވެފައިވާ މަގުތަކާއެކު ދަތުރުފަތުރު ފަސޭހަވެ، އެކްސިޑެންޓްތައް މަދުވެ، އަދި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ، ފަހި ސިޓީއެއްގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެންދާނެއެވެ'' ފުލުހުންގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މަގުތައް ރައްކާތެރިކޮށް، ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ރައްޔިތުންނަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު