Saturday, October 31
ދިވެހި ޙައްޖުވެރިންގެ ދެވަނަ ފްލައިޓް މަދީނާއިން ފުރައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް އައި ޙައްޖުވެރިންގެެ ދެވަނަ ފްލައިޓް، ރާއްޖެ ދިއުމަށްޓަކައި މަދީނާއިން ފުރައިފިއެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އައީ އިއްޔެއެވެ. އަދި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު އައުމަށް ހަމަޖެހިފައިވާއިރު، ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ.

ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ހުޅުވައިފައެވެ.

އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އެގޮތުން ކިޔޫބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކް ވަނީ ހުޅުވާފައެވެ. ހުޅުމާލޭގައި ކްލިނިކް ހުުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 14:00 އިން 20:00 އަށެވެ.

ފްލޫ ކްނިކަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށް ވެސް ހޮސްޕިޓަލް ތަކުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު