މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލް ބާރީ އަވަހާރަވީ ނޫން ކަމަށާއި، އެމަނިކުފާނު އަވަހާރަކޮށްލީ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީ (އޭޕީ) ގެ ރައީސް، ޝެއިޚް އިމްރާން ޢަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.
ޝެއިޚް އިމްރާން މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ.
އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.— Imran Abdulla (@ShimranAb) June 14, 2025
މިގޮތުން އިމްރާން ވިދާޅުވީ ޑރ. ޢަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.
"އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީ"، އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ޑރ. މަޖީދު އަވަހާރަވީ 22 މޭ 2018 ގައި ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 55 އަހަރެވެ.
ޑރ. މަޖީދު އަވަހާރަވިތާ ހަތް އަހަރު ވެފައިވާއިރު، މިހާތަނަށް އެމަނިކުފާނުގެ މަރާ ގުޅިގެން މިފަދަ ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައި ނުވެއެވެ. އަދި އިމްރާން މިފަދައިން ތުހުމަތުކުރައްވާފައިވާ ސަބަބެއް ވެސް ހާމައެއް ނުކުރައްވައެވެ.
މި ލިޔުން ކިޔާލުމުން